މިއަދުގެ ރެސިޕީ: މައިލޯ ކޭކް

ކިޔުމަށް ހޭދަވާނީ 31ސ
މިއަދުގެ ރެސިޕީ: މައިލޯ ކޭކް

ބޭނުންވާނެ ތަކެތި:

▪︎ 2 ޖޯޑު މައިލޯ

▪︎ 3 މޭޒުމަތީ ސަމުސާ ގެރިކިރު

▪︎ 4 ބިސް

 

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މައިލޯ އާއި ބިސް އަދި ގެރިކިރު ރަނގަޅަށް އެއްކޮށްލާށެވެ. 

އެއަށްފަހު، ޓްރޭއަކަށް އަޅައި، އާވިން ފިހެލާށެވެ. 

ގާތްގަނޑަކަށް އެއްގަޑިއިރު ވާއިރު ކޭކު ހުންނާނީ ރީތިކޮށް ފިހެވިފައެވެ.

އިތުރަށް ފުރިހަމަ ކޮށްލަން ބޭނުންނަމަ ކޭކުގެ މައްޗަށް ޗޮކްލެޓް ސޯސް އެޅިދާނެއެވެ. އަދި އޭގެ މައްޗަށް ސްޕްރިންކްލްސް ކޮޅެއް ވެސް ބުރުވައިލެވިދާނެއެވެ.

މިއަދު އޮންލައިން