ސަރުކާރުވަނީ 12 ގޮނޑިއެއްގެ ދަށުވެފަ، މިންޖުވާއިރު ސަރުކާރު އޮންނާނީ ނިމިފަ- އަމީތު

ކިޔުމަށް ހޭދަވާނީ 51ސ
ސަރުކާރުވަނީ 12 ގޮނޑިއެއްގެ ދަށުވެފަ، މިންޖުވާއިރު ސަރުކާރު އޮންނާނީ ނިމިފަ- އަމީތު
މިހާރު މިއޮތް ސަރުކާރުވަނީ ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑިއެއްގެ ދަށުވެ ތާށިވެފައި ކަމަށާއި އެކަމުން މިންޖުވާއިރު ސަރުކާރު އޮންނާނީ ނިމިފައިކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ރޭ ވާހަކަދައްކަވަމުން އަމީތު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުން މިއަދާއި ހަމައަށް ވެސް ލިޔުމުން ލިބިފައި ނުވާ ކަމަށެވެ.

މީގެއިތުރުން އަމީތު ވިދާޅުވީ މެންބަރުންގެ ގޮނޑިތަކުގެ މައްސަލައިގާ މަޖިލީހުންވެސް މައުލޫމާތު ހިއްސާކުރަމުން ނުދާ ކަމަށާއި ނަމަވެސް ގޮނޑި ގެއްލުވާލި ކަމަށް ބުނާ މެންބަރުންނަށް މުސާރައާއި އިނާޔަތް ނުދީ ހިފަހައްޓާފައިވާތާ ގާތްގަނޑަކަށް ހަތް މަސް ވެއްޖެ ކަމަށެވެ.

މެންބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަށްފަހު މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހުން އެންޓިި ޑިފެކްޝަން ޤާނޫނެއް ފާސްކުރީ ވެސް ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށްކަން ވެސް އަމީތު ފާހަގަ ކުރައްވާފައިވެއެވެ.
މިއަދު އޮންލައިން