ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ޖަގަހައަކަށް ނުހެދުމަށް އަމީތް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ޖަގަހައަކަށް ނުހެދުމަށް އަމީތް ގޮވާލައްވައިފި
ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ޖަގަހައަކަށް ނުހެދުމަށް މަޑުއްވަރި ދާއިރާގެ މެންބަރު މުޙައްމަދު އަމީތް ގޮވާލައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ތަޙްޤީޤަށް ކަމަށް ބުނެ ބަންދުކޮށްފައި ތިބި މީހުންގެ މައުލޫމާތު ހާމަކުރާއިރު ސާބިތު ހިފޭ ވާހަކަތައް ހާމަކުރުމަށް ފުލުހުންގެ މައްޗަށް ގޮވާލައްވާ ކަމަށެވެ.

އަމީތު ވިދާޅުވީ ފަނޑިޔާރު ޢަލީ ހަމީދާއި ގުޅުންހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނުކަމަށް ބުނެފައި އެތައް ދުވަހެއް ފަހުން އެއީ އޮޅުމަކުން ދެވުނު މައުލޫމާތެއް ކަމަށާއި ފެނުނީ 3.4 މިލިއަން ރުފިޔާ ކަމަށް ބުނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެފެނުގެއަކީ ކޮބައިކަމާއި އެގެއަކާއި އަލީ ޙަމިދާއި ހުރި ގުޅުން ބުނެނުދިނުމަކީ ވެސް މައްސަލައެއް ކަމަށެވެ.

އަމީތު ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ވަނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ އެއްވެސް މަސައްކަތެއް ރައީސް މައުމޫން ކުރައްވާފައި ނުވާ ކަމަށެވެ. އެކަމަށް އެއްވެސް ހެއްކެއް ނުދެއްކޭނެ ކަމަށާއި ނުދެއްކޭނީ ކޮށްފައި ނުވާތީ ކަމަށެވެ.

"މިއީ ސިޔާސީ ޕާޓީތަކުން ދައްކާ ސިޔާސީ ވާހަކަތައް ފަދަ ވާހަކަތައް. ފުލުހުންގެ މުއައްސަސާއިން އެފަދަ ކަންކަން ނުކުރުމަށް އަޅުގަނޑު ގޮވާލަން." އަމީތު ވިދާޅުވިއެވެ.
މިއަދު އޮންލައިން