ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުގެ ޕާސްޕޯޓުވެސް ހިފަހައްޓައިފިއެވެ.
ކޯޓު އޟުރެއްގެ ދަށުން އަމީތުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވަނީ އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިންވެސް ދެ ފަހަރު ފުލުހުން އަމީތުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާއިރު، މިފަހަރު ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކުރިން ޕާސްޕޯޓު ހިފެހެއްޓި މުއްދަތު ހަމަވުމުންނެވެ.
އަމީތުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރު ގެ ޕާސްޕޯޓުވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މިދެބޭފުޅުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާކަން އެނގިފައިވަނީ ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުންނެވެ.