ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓުގެ ހައިޞިއްޔަތުން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްލާމިކް މިނިސްޓަރާއި ބައްދަލު ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ އެމިނިސްޓްރީް ޢާންމުންނަށް ދެމުން ގެންދާ ޚިދުމަތްތަކާއި ބެހޭގޮތުން ކަމަށެވެ.

ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުން 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމާއި ހަމައަށް ސަރުކާރުގައި ޚިދުމަތް ކުރެއްވީ އިސްލާމިކް މިނިސްޓްރީގައެވެ. އެދުވަސްތަކުގައި އިސްލާމިކް މިނިސްޓްރީން ވަނީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތްތައް ކޮށްފައިކަން ފާހަގަކުރެވެއެވެ.

މުދަލު ޒަކާތަށް ދަްއކާ ފައިސާގެ އަދަދު 5 ގުނައަށް އިތުރުވެ މިސްކިތު ފަންޑަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބި އަދި ރާއްޖޭގައި އެޅި ފުރަތަމަ ވަޤްފް ބިނާ "ދާރުލްއީމާން" އެޅުމުގެ ކަންކަން ހަމަޖެހި އިމާރާތް ކުރެވިގެންދިއައީ ޑރ. ޝަހީމްގެ އިސްލާމިކް މިނިސްޓަރުކަމުގައެވެ.



މިއަދު އޮންލައިން