އައޮވާލި ކަނދުފަތީގެ ޑީޒައިން އިތުރަށް ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް އައު ޑިޒައިންގެ އައޮވާލި ކަނދުފަތި އއ.ތޮއްޑޫ ހުޅުަނގު އުތުރުން 5 މޭލު ބޭރުގައި އަޅައިފިއެވެ.
ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް. އޭ. އޯ)ގެ އެހީގައި މިވުޒާރާއިން ހިންގަމުން ގެންދާ، އޮއިވާލި ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށް ކުރިޔަށްދާ މަޝްރޫޢުގެ ދަށުން ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ތައްޔާރުކުރުމަށް ފަހު އއ. ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަނީ އަޅާފައެވެ.
މިއީ މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ.
މި ކަނދުފައްޗަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ޤާއިމްކުރާ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ޑިޒައިން އަސްލަކަށް ބަލައިގެން ކަނދުފަތީގެ ފޮލޯޓިންގް ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ކަނދުފައްޗެކެވެ.
މިކަނދުފަތީގެ ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވާ 'ފްލޯޓިންގ' ވަލާއި 'ސިންކިންގ' ވަލަކީ މިކަނދުފައްޗަށް ހާއްސަކޮށްގެން ގެނެވުނު އައު ބާވަތެއްގެ ވަލެކެވެ. އަދި ކަނދުފަތީގެ މައި ފްލޯޓީންގް ސްޓްރަކްޗަރ 20 މީޓަރު ފެނުއަޑީގައި ކަނދުފަތީގެ މައި ނަގިލި ވަލާއި ގުޅޭގޮތަށް ހަރުކޮށްފައިވާނެއެވެ. އަދި މި ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރު ކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ހަރުކޮށްފައިވާނެއެވެ.
ހަބަރު: ސަރުކާރު