އުރީދޫ ފަން ރަން 2026 އަށް ބައިނަލްއަގުވާމީ ފެންވަރުގެ ފޯރިގަދަ ހަރަކާތެއް އިތުރުކޮށް، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ފުރަތަމަ އިންޑިއަން އައިޑަލް ކާމިޔާބުކުރި އަބިޖީތު ސާވަންތު، 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އުރީދޫ ފަން ރަން މިއުޒިކް ޝޯގައި އެންމެ އިސް ފަންނާނެއްގެ ގޮތުގައި ހުށަހެޅުންތައް ހުށަހަޅައިދޭނެކަން އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.
އިންޑިއާގެ މިއުޒިކީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔާ ރާއްޖެ ގެނައުމަށް ހަމަޖެހިގެންދިޔަ މި ދިއުމަކީ، މިއަހަރުގެ އުރީދޫ ފަން ރަންގެ އުފާފާޅުކުރުންތަކަށް ލިބިގެންދާ ވަރަށް ފޯރިގަދަ ކުރިއެރުމެކެވެ. އަދި މިއީ ލައިވް މިއުޒިކާއި، މުނިފޫހިފިލުވުމާއި، އުފާވެރިކަމުން ފުރިގެންވާ، ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެއަކަށް ވާނެކަން ޔަގީނެވެ.
އަބިޖީތު ސާވަންތު ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2005 ވަނަ އަހަރު ބޭއްވި އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް، އޭނާގެ ހިތްގައިމު އަޑާއި ހުށަހެޅުންތަކުން އެތައް މިލިއަން ބައެއްގެ ހިތްތައް ފަތަހަކުރުމަށް ފަހުގައެވެ. އޭނާގެ ފުރަތަމަ އަލްބަމް ކަމަށްވާ "އާޕްކާ އަބިޖީތު ސާވަންތު" އާއި، އޭގައި ހިމެނޭ އިންތިހާއަށް މަޝްހޫރުވި ލަވަ “މޮހައްބަތޭން ލުޓާއުންގާ” ގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެއްގެ ގޮތުގައި އޭނާގެ ނަން ވަނީ ގާއިމުވެފައެވެ.
ވިއްސަކަށް އަހަރަށް ވުރެ ދިގު މިއުޒިކީ ހަޔާތުގައި، ރެކޯޑިންގ އާޓިސްޓެއްގެ ގޮތުންނާއި، ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދޭ ފަންނާނެއްގެ ގޮތުން އަދި ލައިވް ޝޯތައް ހުށަހަޅައިދޭ ފަންނާނެއްގެ ގޮތުން އަބިޖީތު ވަނީ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާގެ މަގުބޫލު އަލްބަމްތަކުގެ ތެރޭގައި "ޖުނޫން" އަދި "ފަރީދާ" ހިމެނޭއިރު، އޭނާ ލަވަކިޔައިދީފައިވާ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "އާޝިގް ބަނާޔާ އާޕްނޭ" އަދި "ތީސް މާރް ޚާން" ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން، އޭޝިއަން އައިޑަލްއިން ތިންވަނަ ހޯދައި، "ޖޯ ޖީތާ ވޯހީ ސުޕަސްޓާ" ގެ ދެވަނަ ހޯދައިގެން އޭނާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް އޭނާގެ މަގުބޫލުކަން އިތުރަށް ވަރުގަދަކޮށްފައެވެ. އަދި 2024 ވަނަ އަހަރު، ބިގް ބޮސް މަރާޓީ ސީޒަން 5 ގެ ދެވަނަ ހޯދައިގެން އޭނާ ވަނީ އަނެއްކާވެސް ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައެވެ.
އިންޑިއަން އައިޑަލް ބަލަމުން އަދި ބޮލީވުޑްގެ ލަވަތައް އަޑުއަހަމުން ބޮޑުވި ގިނަ ދިވެހިންނަށް، އަބިޖީތު ސާވަންތުގެ ލައިވް ހުށަހެޅުންތައް ރާއްޖޭގައި ތަޖުރިބާކޮށްލަން ލިބޭ މި ފުރުސަތަކީ، ކުރީގެ އުފާވެރި ހަނދާންތައް އާވެ، ޚާއްސަ ފޯރިއެއް ގެނުވާނެ ކަމެކެވެ. އޭނާގެ ދުވަހަކުވެސް ފަނޑުވުމެއް ނެތް ރާގުތަކާއި، ސްޓޭޖުމަތީގައި ދައްކުވައިދޭ ޖާދޫވީ ހުށަހެޅުންތަކާއި، އެކި ޖީލުތަކުގެ މީހުންނާ ގުޅުން ބަދަހިކޮށްލުމުގެ ގާބިލުކަމުގެ ސަބަބުން، އޭނާއަކީ އުރީދޫ ފަން ރަން މިއުޒިކް ޝޯއަށް ލިބިގެންދާ ވަރަށް ފުރިހަމަ އިތުރުވުމެކެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި މަޝްހޫރުވެފައިވާ އުރީދޫ ފަން ރަން މިހާރު ވަނީ، ކުލައާއި، ފޯމާއި، މިއުޒިކާއި، ދުޅަހެޔޮކަމާއި އަދި މުނިފޫހިފިލުވުމުގެ ތެރެއިން އެތައް ހާސް ބަޔަކު އެއްތަނަކަށް جمع ކޮށްދޭ، ރާއްޖޭގެ އެންމެ ފޯރިގަދަ އެއް އިޖުތިމާއީ ހަރަކާތަށް ބަދަލުވެފައެވެ.
މި ފޯރިގަދަ ގުޅުމުގެ ސަބަބުން އުރީދޫ ފަން ރަންގެ ޖޯޝާއި އިންޑިއާގެ މިއުޒިކީ ޖާދޫ އެއްތަންވެ، މުނިފޫހިފިލުވުމުގެ މި ތަޖުރިބާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެއެވެ. ހަމައެއާއެކު، މިއީ ގައުމީ އިމާއި، ސަގާފަތްތަކާއި އަދި ޖީލުތައް ހުރަސްކޮށް މިއުޒިކަށް އޮންނަ ލޯބި ފާހަގަކޮށް، އާއިލާތަކާއި، ރަހުމަތްތެރިންނާއި އަދި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް އެކުގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ ވަރަށް ޚާއްސަ ފުރުސަތެއްވެސް މެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ މަޝްހޫރު ފަންނާނުންނާ ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ދަނީ އެ ކުންފުނީގެ އެންމެ ބޮޑެތި އިޖުތިމާއީ ހަރަކާތްތަކުގެ ފެންވަރު މަތިކޮށް، ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުން ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީ، މުވާސަލާތީ ޚިދުމަތްތަކުގެ އިތުރުންވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ފަހިކޮށްދެމުންނެވެ.