ރިޔާސީީ ދައުރު ފަށަންޖެހޭ ތާރީޚް ޤާނޫނު އަސާސީގަ ބަޔާންކޮށްފައެއް ނެތް: އިލެކްޝަންސް ކޮމިޝަން
ރާއްޖޭގެ ރިޔާސީ އިންތިޚާބީ ދައުރު ފަށަންޖެހޭ ތާރީޚް ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ 11 ނޮވެމްބަރުގެ ވާހަކަ އޮތީ އިންތިޤާލީ ބާބުގައި ކަމަށާއި އެބާބު މިހާރު ވަނީ އުވި ގޮސްފައި ކަމަށެވެ. އެހެންކަމުން އެބާބުގައި ވާ ކަންކަމަށް އަމަލުކުރަން މިހާރު ނުޖެހޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޤާނޫނު އަސާސީގަައި ބަޔާންކޮށްފައި ވަނީ ރިޔާސީ ދައުރު ކަމަށާއި އެ ދައުރުގެ މުއްދަތަކީ 5 އަހަރު ކަމަށެވެ. އެހެންކަމުން މިހާރުގެ ރިޔާސީ ދައުރު ހަމަވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
މިކަމަށް ގޮތެއް ނިންމުމުގައި ކޮމިޝަނުގެ މެންބަރުންގެ މެދުގައިވެސް ޚިޔާލުތަފާތުވުންތަކެއް ހުރި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
11 ނޮވެމްބަރު 1968 އިން ފެށިގެން ރާއްޖޭގައި ވަރިކަމުގެ ދައުރު ފަށަމުން އަންނަނީ ކޮންމެ 5 ވަނަ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. 2013 ވަނަ އަހަރު 17 ނޮވެމްބަރަށް ލަސްކުރީ ޚާއްޞަ ޙާލަތަކާއި ގުޅިގެން ސްޕްރީމް ކޯޓުން ކުރި ޙުކުމަކާާއި ގުޅިގެންނެވެ.