ސިވިލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިއަހަރުގެ ފުރަތަމަ ހަ މަހު

ކިޔުމަށް ހޭދަވާނީ 47ސ
ސިވިލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިއަހަރުގެ ފުރަތަމަ ހަ މަހު

ސިވިލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމާ އެކޯޓަށް އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ މިއަހަރުގެ ފުރަތަމަ ހަ މަހުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެކޯޓުން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހޯމަ ދުވަހާއި ހަމައަށް އެކޯޓަށް 3،141 މައްސަލައެއް ހުށަހެޅުން ކަމަށް ދައްކާފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މިދުވަހާއި އަޅާބަލާއިރު ބޮޑުތަން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ހުށަހަޅާފައިވަނީ 1،819 މައްސަލައެވެ.

މިދިޔަ ހޯމަ ދުވަހާއި ހަމައަށް ސިވިލް ކޯޓުން ނިންމާފައިވަނީ 2،149 މައްސަލައެކެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތުގެ އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

ސިވިލް ކޯޓުން ބުނިގޮތުގައި އެކޯޓުގެ މިއަހަރުގެ އަމާޒަކީ އެއް އަހަރަށްވުރެ ގިނަ ދުވަސްވީ އެއްވެސް މައްސަލައެއް ނޯންނާނެ ގޮތަކަށް އަދި ހުށަހެޅޭ މައްސަލަތަކަށްވުރެ ނިންމޭ މައްސަލަތައް އިތުރު ކުރުން ކަމަށެވެ.

މިއަދު އޮންލައިން