ލިޔުމެއްގެ މައްސަލައިގައި ދިއްދޫ ތިން ކައުންސިލަރަކަށް ދައުވާ ކޮށްފި

ކިޔުމަށް ހޭދަވާނީ 57ސ
ލިޔުމެއްގެ މައްސަލައިގައި ދިއްދޫ ތިން ކައުންސިލަރަކަށް ދައުވާ ކޮށްފި
ހއ. ދިއްދޫގެ ތިން ކައުންސިލަރެއްގެ މައްޗަށް ލިޔުމެއްގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުން ދައުވާ ކޮށްފައިވަނީ ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމާއި ނައިބު ރައީސް މުޙައްމަދު ހާޝިމްގެ އިތުރުން ކައުންސިލް މެމްބަރު ޒުހުރާ އަށެވެ. މީގެއިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފެއް ކަމަށްވާ ޢަބްދުލް މަތީން ގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފައެވެ.

މިދައުވާއާއި ގުޅިގެން ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު މެންދުރުފަހު 14:00 އަށް މިތިން ކައުންސިލަރުންނާއި މަތީން ހާޒިރުވާން އަންގާފައިވެއެވެ.

މައުލޫމާތުޖ ލިބިފައިވާ ގޮތުގައި ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ ސައްޙަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމާއި ސައްޙަ ނޫން ލިޔުންގެ ތެދުކަން ދެއްކުމައި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެވެ. ދެން ތިބި ދެ ކައުންސިލަރުންނަށް ކޮށްފައިވަނީ އެނގިހުރެ ސައްޙަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މިއަދު އޮންލައިން