އައްޝައިޚު މުޙައްމަދުދީދީ ވަނީ ކުރިންވެސް މި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވެވެ.
ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ އަމަލުތަކުގެ ސަބަބުން ކަމަށް ބުނެ ޢަދާލަތު ޕާޓީން ސަރުކާރު ކޯލިޝަނުން ވަކިވުމުން ޝައިޚް މުހައްމަދު ދީދީވަނީ އޭރު ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައެވެ.
މީގެކުރިން ޝައިޚް މުހައްމަދު ދީދީ ވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމާއި މަދަނީ އިއްތިހާދުގެ ރައީސް ކަން ވެސް ކުރައްވާފައެވެ.
ޝައިޚް މުހައްމަދު ދީދީ ވަނީ މިދިޔަމަހު ޕީޕީއެމްއަށް ސޮއި ކުރައްވައިފިއެވެ.