ވަކީލު ޝަމީމްގެ ސަސްޕެންޝަން އުވާލައިފި

ކިޔުމަށް ހޭދަވާނީ 55ސ
ވަކީލު ޝަމީމްގެ ސަސްޕެންޝަން އުވާލައިފި
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަތް ވަކީލު ޙުސެއިން ޝަމީމްގެ ސަސްޕެންޝަން މިއަދު އުވާލައިފިއެވެ.

ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ޝަމީމް ސަސްޕެންޑު ކޮށްފައިވަނީ އޭނާއާއި ބެހޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަމީމްގެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ސުޕްރީމް ކޯޓަށް އަންގާފައިވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ވަކީލު ޝަމީމްގެ ސަސްޕެންޝަން އުވާލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މީގެކުރިން ވެސް ވަކީލު ޝަމީމް ވަނީ ސަސްޕެންޑު ކޮށްފައެވެ. އެފަހަރު ދެ އަހަރުގެ ދިގު މުއްދަތަކަށް ސަސްޕެންޑު ކޮށްފައި ހުރުމަށްފަހު އަލުން ވަކާލާތު ކުރެވޭ ގޮތަށް ސަސްޕެންޝަން އުވާލީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
މިއަދު އޮންލައިން