ދެމިހުންނާނީ ރައްޔިތުންގެ ޙައްޤުގަ، ރަނިންމޭޓު ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް- އައިޝާ

ކިޔުމަށް ހޭދަވާނީ 1މ 10ސ
ދެމިހުންނާނީ ރައްޔިތުންގެ ޙައްޤުގަ، ރަނިންމޭޓު ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް- އައިޝާ
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ކުރިމަތިލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީގެ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރަނިންމޭޓަކަށް ކުރިމަތިލައްވަން އުޅުއްވާކަމުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިއަދު ޓްވިޓާ މެދުވެރިކޮށް އައިޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރަނިންމޭޓު ކަމަށް ވާދަ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެއްވެސް ސިފައެއްގައި އެކަމަށް އެކަމަނާ ޝައުޤުވެރިކަން ފާޅު ކުރައްވާފައިވެސް ނުވާނެ ކަމަށެވެ.



"އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާ އިއްތިހާދުން ކުރަމުންދާ އިސްލާހީ މަސައްކަތުގައި އެހީތެރިވެ މިރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޤައުމަށް ހަމަޖެހުން ގެނައުމުގެ މަސައްކަތުގަ އާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދާދޭން ވަކާލާތު ކުރުމުގަ" އައިޝާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ނުޙައްޤުން އަނިޔާ ލިބެމުންދާ ފަރާތްތަކާއި ބޭއިންސާފުން ޖަލަށްލާން ހުކުމް ކޮށްފައިވާ އެންމެހާ ފަރާތްތައް މިނިވަންވެ، ދައުލަތުގެ މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤައުމަށާއި ރައްޔިތުންނަށް ހަމަޖެހުން ލިބި ދިވެހި ރައްޔިތުން އެދޭފަދަ ވެރިކަމެއް މިޤައުމުގައި ޤާއިމްވުމަށް އައިޝާ ދުޢާކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.


މިއަދު އޮންލައިން