މުޅި އަހަރުވެސް ދީނީ ނަޞޭޙަތްތައް ދެވޭ - އަޑުއަހަނީ މަދުބައެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މުޅި އަހަރުވެސް ދީނީ ނަޞޭޙަތްތައް ދެވޭ - އަޑުއަހަނީ މަދުބައެއް: ޝައިޚް ޢަލީ ޒައިދު
މުޅި އަހަރުވެސް ދީނީ ނަޞޭޙަތްތައް ދެވޭ ކަމަށާއި ނަމަވެސް އަޑުއަހަނީ މަދުބައެއް ކަމަށް ވިދާޅުވެ ދަރުސްތަކަށް ގޮސް އަޑުއަހަން ފެށުމަށް އައްޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ޝައިޚުން ފައުޅުވަނީ އިންތިޚާބުތަކަށް ނޫން ކަމަށާއި އެފަދަ ތުހުމަތުތައް ކުރުމުގެ ކުރިން ބާއްވާ ދަރުސްތަކަށް ގޮސް އަޑު އެހުން ރަނގަޅުވާނެ ކަމަށެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ ޢިލްމްވެރިން ގެންދަވަނީ މެދުކެނޑުމެއް ނެތި ދަރުސްތައް ދެއްވައި ވާޖިބު އަދާކުރައްވަމުންނެވެ. ނަމަވެސް އިންތިޚާބުތަކާއި ގުޅިގެން ތިމަންނަ މީ ދީނީ އިލްމުވެރިއެއް ކަމަށް ވިދާޅުވެ ބަސްފުޅު ވިދާޅުވާ ބައެއް ބޭފުޅުންނަކީ ދުވަހަކު ދަރުސެއް ދެއްވި ބޭފުޅުން ކަމަށް ނުވާތީ ބައެއް މީހުން ދަނީ އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.

"މިދުވަސްވަރަށް ޝައިޚުން ފައުޅުވާ ވާހަކައަށް ދަންނަވާލަން. އިންތިޚާބު އައިމަކާ ނޫން ޝައިޚުން ފައުޅުވަނީކީ. މުޅި އަހަރުވެސް ދީނީ ނަޞޭޙަތްތައް ދެވޭ. ނަމަވެސް އަޑުއަހަނީ މަދުބައެއް. ދެން އަންނަނީ ތުހުމަތު. ފުރަތަމަ އަޑު އައްސަވާ. ދަރުސްތަކަށް ދުރުވަން ފައްޓަވާ!" ޝައިޚް ޢަލީ ޒައިދު


މިއަދު އޮންލައިން