ރައީސް ޔާމީނަށް ތާއީދު ހޯދަން ޚާއްޞަ ކެންޕޭނެއް ޑރ. ޝަހީމް އިފްތިތާޙްކޮށްދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ރައީސް ޔާމީނަށް ތާއީދު ހޯދަން ޚާއްޞަ ކެންޕޭނެއް ޑރ. ޝަހީމް އިފްތިތާޙްކޮށްދެއްވައިފި
ރައީސް ޔާމީނަށް ތާއީދު ހޯދަން މާލޭގައި ކުރިއަށް ގެންދާ ޚާއްޞަ ކެންޕޭނެއް ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ކެންޕޭނުގައި މާލޭގެ ހުރިހާ ރައްޔިތުންނާއި މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެ އެވެ.

ޑރ. ޝަހީމް ވަނީ މިކެންޕޭނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޕީޕީއެމުން ބުނީ މިއަދު ފަށާ ކެންޕޭނަކީ ވަޒީރުންގެ އިސްނެގުމަށް ކުރިއަށް ގެންދާ ކެންޕޭނެއް ކަމަށެވެ.

ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީއަށް ބެލި ނަމަވެސް މިސަރުކާރުން ގެނެސްފައިވާ ތަރައްޤީ އެންމެންނަށްވެސް ފެންނާނެ ކަމަށާއި އެކަމުގެ ފައިދާ އެންމެންނަށް ވެސް ދަނީ ލިބެމުން ކަމަށެވެ.

ޕީޖީ ލީޑަރު އަޙްމަދު ނިހާން ވިދާޅުވީ މާލޭގައި މި ކެންޕޭނު މިއަދު ރަސްމީކޮށް ފަށާފައިވާއިރު ހުޅުމާލޭގައިވެސް 2 ވަޒީރަކު ކެންޕޭނު ކުރިއަށް ގެންދަވާނެ ކަމަށެވެ.
މިއަދު އޮންލައިން