ޖުމްހޫރީ ޕާޓީން ރަނިންގ މޭޓްކަމަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ. ނަންތައް ތަރުތީބުކުރީ މިއަދު ހަވީރު ޖޭޕީގެ އިދާރާ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައެވެ.
1 ވަނަ ނަމްބަރު ލިބިވަޑައިގަތީ ޑރ. ޙުސައިން ރަޝީދު ޙަސަން އަށެވެ. 2 ވަނަ ލިބިވަޑައިގަތީ ޢަބްދުﷲ އަމީނަށެވެ. 3 ވަނަ ލިބިވަޑައިގަތީ ޢަލީ ޙުސައިން އަށެވެ. 4 ވަނަ ލިބިވަޑައިގަތީ ފައިޞަލް ނަސީމަށެވެ.
ރަނިންމޭޓަކު ކަނޑައެޅުމަށް ބާއްވާ ވޯޓުލުން ކުރިއަށް ގެންދާނީ މިރޭ 9:00 ގައެވެ.
ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވަނީ ފައިޞަލް ނަސީމަށް ތާއީދުކުރައްވާކަން ކުރިން ހާމަކުރައްވައިފައެވެ. ނަމަވެސް މިއަދު އެމަނިކުފާނު ތާއީދު އަނބުރާ ގެންދަވައި ރައްޔިތުންގެ ވިންދާއި އެއްގޮތަށް ވޯޓުލައިގެން ރަނިންގ މޭޓަކު ކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.