މެލޭސިޔާއަށް 250 ސްކޯލާޝިޕް ފުރުޞަތާ މަތީ ތައުލީމަށް އިތުރު 500 ލޯނު ފުރުޞަތު ހުޅުވާލަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
މެލޭސިޔާއަށް 250 ސްކޯލާޝިޕް ފުރުޞަތާ މަތީ ތައުލީމަށް އިތުރު 500 ލޯނު ފުރުޞަތު ހުޅުވާލަނީ
މަތީ ތަޢުލީމުގެ ލޯން ސްކީމްގެ ދަށުން މިހަފްތާގެ ތެރޭގައި ވާނީ 600 އެއްހާ ދަރިވަރުންނަށް ލޯނު އެވޯޑްކޮށްފައި ކަމަށާއި މީގެއިތުރުން މިއަހަރުގެ ދެވަނަ ބުރުގެ ދަށުން އިތުރު 500 ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް ތައުލީމީ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ހައިއެޗީވަރސް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ މަތީ ތަޢުލީމުގެ ފުރުސަތުތައް ފުޅާކޮށް އެއިގެ ފައިދާ ހުރިހާ ދިވެހި ދަރިންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މަތިވެރި މަޤްސަދެއް ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މެލޭޝިޔާ ސަރުކާރުގެ ސްކޮލަރޝިޕް ތަކުގެ ދެވަނަ ބުރުގެ ދަށުން 250 ސްކޮލަރޝިޕްވެސް ހުޅުވާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އުފާކުރާކަމަކީ މިފަދަ އެތައްހާސް ފުރުސަތެއް އަހަރަކު ހުޅުވާލެވިގެންދާތީ، މަތީ ތަޢުލީމު ބޭނުންވެގެން އަންނަ ހުރިހާ ދަރިވރުނަންނަށްވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާތީ."

ވަޒިރު ވިފދާޅުވީ ޘާނަވީ އިމްތިހާނުގައި ތިޔަ ދަރިވަރުން ހޯދި ކާމިޔާބީއާއި ދެއްކި ހިތްވަރު މަތީ ތަޢުލީމުގެ މަރުޙަލާގައިވެސް ދައްކައި އެފަދަ ރަންވަނަތައް ހާސިލުކުރުމުގައި ދެމިތިބުމަށް ނަޞޭހަތް ދެއްވާ ކމަށެވެ. "ޚާއްސަކޮށް ރާއްޖޭން ބޭރަށް ދާ ދަރިވަރުން އިތުރު ހިތްވަރެއްލާންޖެހޭނެކަން ޔަޤީން. އެއީ އާއިލާ އާ ދުރުގައި ވަކިން ކިޔަވަން ހުންނަންޖެހުމަކީ ކުރިމަތިވާނެ ޗެލެންޖަކަށް ވާނެތީ. މިކަމަށް ތިޔަ ދަރިވަރުން ސާބިތުކަމާއެކު ކުރިމަތިލާނެކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން."

"ކިޔެވުމުގެ މާހައުލާއި އޭގެން ބޭރުގައިވެސް އިސްލާމި ރިވެތި އަޚުލާގު ދެމެހެއްޓުމަކީ ކިޔެވުމުގެ ހަޔާތާއިއާންމު ދިރިއުޅުން ބާއްޖަވެރިވެ އުޖާލާވާނެކަމެއްކަމާމެދު ޝައްކެއްނެތް. ވީމާ، ތިޔަ ކުދިންނަށް މައިންބަފައިންނާއި މުދައްރިސުންގެ ފަރާތުން ދަސްވި ރިވެތި ޚުލްގާއި ހެޔޮލަފާ ދިރުއުޅުން، މަތީ ތަޢުލީމުގެ މަރުޙަލާގައި އުޅެމުންދާއިރުވެސް ހިފެހެއްޓުން އެދެން. ޚާއްސަކޮށް ރާއްޖޭން ބޭރަށް ކިޔަވަންދާ ދަރިވަރުން މިކަމަށް އިތުރު ސަމާލުކަމެއް ދޭންވާނެ."

ދަރިވަރުންނަށް ލިބުނު ފުރުސަތުގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިފައި، ޤައުމުގެ ތަރައްޤީއަށާ ކުރިއެރުމަށް ޓަކައި ސާބިތު ކަމާއެކު ޚިދުމަތް ކުރުން މަތީ ދެމި ތިބުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. "އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެއަށް ޚިދުމަތްކުރުމުގެ އެންމެ އިސް ސަފުގައި ތިބެންޖެހޭނީ ދިވެހި ދަރިން. ތިޔަ ދަރިވަރުންފަދަ ކުޅަދާނަ ވިސްނުންތޫނު ހިންމަތްތެރި ދަރިން." ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން