އިންސާފުން އެންމެ ރައްޔިތަކުވެސް އެއްކިބާވެގެން ނުވާނެ - އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެ: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އިންސާފުން އެންމެ ރައްޔިތަކުވެސް އެއްކިބާވެގެން ނުވާނެ - އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެ: ފައިޞަލް ނަސީމް
އިންސާފުން އެންމެ ރައްޔިތަކުވެސް އެއްކިބާވެގެން ނުވާނެ ކަމަށާއި ޤައުމުގެ އެއްވެސް ރައްޔިތަކަށް އެއްވެސް ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

މަޤާމު ކާމިޔާބުކުރެއްވުމަށްފަހު ފައިޞަލް ވިދާޅުވީ މިއީ ދިގު ދަތުރެއްގެ ފެށުން ކަމަށާއި ކާމިޔާބުކަމާއިއެކު ދަތުރު ނިންމަން ޤައުމުގެ އެންމެހައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ.

ފައިޞަލް ވިދާޅުވީ މިފެށުނު ދަތުރު ނިމޭނީ ރައްޔިތުން އެދޭ ބަދަލު ޤައުމަށް ގެނެވިގެން ކަމަށާއި މާތް ﷲ ވާގިފުޅާއިއެކު ރައްޔިތުން ބޭނުންވާ އުފާ ފާގަތިކަން ލިބިގެން ކަމަށެވެ. އެކަމަށް ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ކަމަށެވެ.

މިރޭގެ އިންތިޚާބުގައި ފައިސަލަށް 15 ވޯޓު ލިބިވަޑައިގެންނެވިއިރު 14 ވޯޓު ހޯއްދެވި ޢަލީ ޙުސައިނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. "މިދިއަ އަހަރުތަކުގައި މަޖިލިސް ތެރޭގައި އަޅުގަނޑު ކުރި މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ޢަލީ ޙުސައިންގެ ކިބައިން. ދެންވެސް މަސައްކަތްކުރާނީ ޢަލީ ޙުސައިން އާއި ވަރަށް ބޮޑަށް ގުޅިގެން. ދެ މީހުން އެކުގައި މަސައްކަތްކޮށް ރައްޔިތުން ބޭނުންވާ ނަތީޖާ މާތް ﷲ ވާގިފުޅާއިއެކު ނެރޭނީ." ފައިޞަލް ވިދާޅުވިއެވެ.
މިއަދު އޮންލައިން