ކޯލިޝަނުގެ ކާމިޔާބަށް އެދިވަޑައިގެން ޤާސިމް ގެންދަވަނީ ހުރިހާ ކަމެއް ޤްރްބާން ކުރައްވަމުން: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކޯލިޝަނުގެ ކާމިޔާބަށް އެދިވަޑައިގެން ޤާސިމް ގެންދަވަނީ ހުރިހާ ކަމެއް ޤްރްބާން ކުރައްވަމުން: ސަމީރު
ގުޅިފައިވާ ކޯލިޝަނުގެ ކާމިޔާބަށް އެދިވަޑައިގެން ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހުރިހާ ކަމެއް ޤްރްބާން ކުރައްވަމުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިރޭ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ގުޅިފައިވާ ޕާޓީތަކުން ކުރާ އެއްވެސް މަސައްކަތެއްގައި ލީޑަރު ޤާސިމް އިބްރާހީމް، އެމަނިކުފާނުގެ އަމިއްލަފުޅު އެއްވެސް ކަމެއް އިސް ނުކުރައްވާނެ ކަމަށެވެ. ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށެވެ. "ހުރިހާ ކަމެއް ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކުރައްވަން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ނަތީޖާ މިއަދު ފެންނަމުން މިދަނީ."

ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ޤައުމާއި ރައްޔިތުންގެ ޙާލަތު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ އަދި ހަމަ އެންމެ ރައްޔިތަކުވެސް ހިތުގައި ނުޖެހޭނެ ގޮތަށް ބައްލަވައިގެން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

"ޖުމްހޫރީ ޕާޓީ ކުރިއަރައިގެން މިދަނީ. އެހެން ހުރިހާ ޕާޓީތައް ގޮވައިގެން އުޅެވޭ ވަރުގެ ޕާޓީއަކަށް ޖޭޕީ މިވަނީ ވެފަ. ޕާޓީތަކުގެ ބެލެނިވެރި ޕާޓީގެ ގޮތުގަ ކުރިއަށް ދިއުމުގެ ޤާބިލުކަން ޖޭޕީއަށް އެބައޮތް. ހުރިހާ އެންމެން ގޮވައިގެން އުޅުއްވަން އެނގިވަޑައިގަންނަވާ ލީޑަރު ޤާސިމް އިބްރާހީމްއަށް. އެކަމުގެ ހެޔޮ ވިސްނުންފުޅު އެމަނިކުފާނުގެ ކިބައިގައި އެބަހުރި."

ސަމީރު ވިދާޅުވީ ޖޭޕީގެ ވެސް އަދި ލީޑަރު ޤާސިމް އިބްރާހީމްގެވެސް އެންމެ ބޮޑު ބޭނުންފުޅަކީ ހަމަހަމަ ފުރުޞަތުތައް ދިނުމާއި މީހުން މީހުންނަށް ހަދައިދިނުން ކަމަށެވެ. "ޖޭޕީގައި އޮތް ހަމަހަމަ ފުރުޞަތުތައް މިރޭ ވެސް އެދިއައީ ފެނިގެން. އެންމެ ދުވަސްވީ މެންބަރުންނާއި އަލަށް ގުޅުނު މެންބަރުން އެއް ޕްލެޓްފޯމެއްގައި ވާދަކުރީ. އެއް ހައްޤުތަކެއް ލިބިގެން ކެންޕޭނުކުރީ."

"ޤާސިމް އިބްރާހީމް އަބަދުވެސް ވިދާޅުވަމުން ގެންދެވީ ހުރިހާ އެންމެން ޖޭޕީ އާއި ގުޅުމަށް. ޖޭޕީގައި އަބަދުވެސް އޮންނާނީ ހުޅުވާލެވިފައިވާ ފުރުޞަތުތައް ކަމަށް. އެންމެންނަށް ހަމަހަމަ ފުރުޞަތުތައް ކަމަށް. މިރޭގެ އިންތިޚާބުގައިވެސް އަޅުގަނޑުމެން ހުރިހާ ކަންކަން ކުރިއަށް މިގެންދިއައީ އެންމެންގެ ކުރިމަތީގަ. ހުރިހާ މީޑިއާ ތަކެއްގެ ކުރިމަތީގަ. ލައިވްކޮށް ދައްކައިގެން ހުރިހާ ކަންކަން މިކުރީ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ހުރިހާ ކަމެއް ހަމަ މިހައި ހާމަކަންބޮޑު ގޮތަކަށް ކުރެވެންޖެހޭނެ."

ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުގެ ހުރިހާ ކަންކަމުން މަކަރުވެރިކަމާއި އޮޅުވައިލުން ނައްތާލައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަށް ނެރުން ކަމަށެވެ. އަދި އެކަން ކާމިޔާވުމަށް ޤާސިމް އިބްރާހީމް ވަރަށް ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ.
މިއަދު އޮންލައިން