އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް ފައިޞަލް ނަސީމް ހޮވިވަޑައިގަތުމުން މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.
"ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓަކަށް ފައިޞަލް ނަސީމް ހޮވިވަޑައިގަތުމުން އެމަނިކުފާނަށް އަޅުގަނޑުގެ އިޚްލާޞްތެރި މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ އިބްރާހީމް މުޙައްމަދު ޞާލިޙް އާ ފައިޞަލް އާއެކު އިންތިޚާބު ކާމިޔާބުކުރުމަށް ފިސާރި ސާބިތު ކަމާއިއެކު."
ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު މިރޭ ވަނީ ޤާސިމް އިބްރާހީމް ކޮޅު ބަދަލުކުރައްވައިފާނެ ކަމަށް ބުނެ ސަރުކާރުފަޅިން ދައްކާ ވާހަކަތައް ދޮގުކުރައްވައިފައެވެ.
ސަމީރު ވިދާޅުވީ ޤާސިމް އިބްރާހީމް ވެސް އަދި ޖުމްހޫރީ ޕާޓިން ވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށާއި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނީ އިދިކޮޅު ކޯލިޝަނަށް އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށެވެ.
Gulhifaivaa iththihaadhuge Running Mate akah Hon. @FaisalNasym hovivadaigathumun emanikufaanah alhuganduge ikhlastheri marhaba aai thahuniyaa dhannavan. Iraadhakurevviyya alhugandu mihuree Hon. @ibusolih aa Hon. Faisalaa eku inthikhaabu kaamiyaabu kurumah fisaari saabithukamaaeku
— Qasim Ibrahim (@qasimibrahim) July 13, 2018