ދެމަފިރިންނަށް އެކަހެރި ބައްދަލުވުން ވެވޭކަން ކަށަވަރުކުރުމަކީ އިސްލާމީ ދައިލަތުގެ ޙާކިމާގެ މައްޗަށް ލާޒިމުކަމެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދެމަފިރިންނަށް އެކަހެރި ބައްދަލުވުން ވެވޭކަން ކަށަވަރުކުރުމަކީ އިސްލާމީ ދައިލަތުގެ ޙާކިމާގެ މައްޗަށް ލާޒިމުކަމެއް: ޑރ. އިޔާޟް

ދެފަރިންކުރެ އެކަކު ނުވަތަ ދެ މީހުން ބަންދުކުރި ނަމަވެސް ދެމަފިރިއަކަށް އެކަހެރިވެ ބައްދަލު ނުވެވޭގޮތަށް ބަންދުކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި ޝަރުޢީ ބަންދެއްގައިވާ ބައަކަށް އެ ފުރުޞަތު ފަހިވާކަން ކަށަވަރުކުރުމަކީ އިސްލާމީ ދައުލަތުގެ ޙާކިމާގެ މައްޗަށް ލާޒިމުކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. މިމޭރުމުން ވިދާޅުވެފައިވާއިރު ޖަލުގައި ބަންދުކޮށްފައި ތިބި ބައެއް ސިޔާސީ ޤައިދީންނަށް އެ ފުރުޞަތު ނުލިބި އެތައް މަސްދުވަހެއް ފާިތުވެގެންދާތީ އެކަމުގެ ޝަކުވާތައް ޢާއިލާތަކުން ގެންދަނީ ކުރަމުންނެވެ.
ޙާކިމާގެ މައްޗަށް ކުރުން ލާޒިމްކަމެއް ނުކުރާނަމަ ނުވަތަ އެކަމުގައި އިހްމާލްވާނަމަ އެކަމަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެއެވެ. އަދި ޙާކިމާގެ މައްޗަށް ކުރުން ލާޒިމްކަމެއް ނުކުރުން ނުވަތަ އެކަމުގައި އިހްމާލްވުމަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ޙާކިމާއަކު ކުރާނެ ކަމެއް ނޫނެވެ.

"ދެމަފިރިއަކަށް އެކަހެރިވެ ބައްދަލު ނުވެވޭގޮތަށް ބަންދުކުރުމަކީ ދީން ހުއްދަކުރާ ކަމެއް ނޫން. ޝަރުޢީ ބަންދެއްގަވާ ބައަކަށް އެ ފުރުޞަތު ފަހިވާކަން ކަށަވަރުކުރުމަކީ އިސްލާމީ ދައިލަތުގެ ޙާކިމާގެ މައްޗަށް ލާޒިމުކަމެއް."



މިއަދު އޮންލައިން