ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ބޮޑުވަނީ ކުންފުނިތަކުން ވައްކަންކުރާތީ- ކުރާ ވައްކަން ބޮޑުވާ ވަރަކަށް ލިބޭ މަޤާމު ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ރައްޔިތުންނަށް ދޭ ޚިދުމަތުގެ އަގު ބޮޑުވަނީ ކުންފުނިތަކުން ވައްކަންކުރާތީ- ކުރާ ވައްކަން ބޮޑުވާ ވަރަކަށް ލިބޭ މަޤާމު ބޮޑު!

ދިވެހި ޤައުމަށް އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކޮށްދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރަނިންމޭޓް ފައިޞަލް ނަސީމްގެ އަރިހުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އެދިވަޑައިގެންފިއެވެ.

ޝއިޚް އިލްޔާސް އެކަމަށް އެދިވަޑައިގެންފައިވަނީ ރަނިންމޭޓަކަށް ފައިޞަލް ނަސީމް ހޮވިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރަމުން ގެންދަނީ މިސަރުކާރުގައި އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަން ނެތް މައްސަލަތަކެވެ. މިހައިތަނަށް އޮޑިޓަރ ޖެނެރަލް ހާމަކުރެއްވި ކޮންމެ ރިޕޯޓަކުންވެސް ކޮރަޕްޝަން މައްސަލަތައް ހާމަވެފައިވުމުން އެކަމަށް ގެންދަނީ ކަންބޮޑުވުން ފައުލުކުރަމުންނެވެ.

މީގެ އިތުރުން ފެނަކަ ކޯޕޮރޭޝަނުގައި ހިންގި 17 މިލިއަން ރުފިޔާގެ މައްސަލައަށްފަހު އެ ފައިސާ އަނބުރާ ކުންފުންޏަށް ނުވެސް ލިބެނީސް ކުންފުނީގެ އެމްޑީ ނިމާލަށް ސަރުކާރުގެ ބޮޑެތި މަޤާމުތައް ދިނުމަކީ މިސަރުކާރުން ކޮރަޕްޝަނަށް ހިއްވަރުދޭ ކަމުގެ ހެއްކެއް ކަމަށްވެސް އިިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބޭރުފައިސާގެ މުއާމަލާތުކުރުމުގެ ހުއުްދަ ވެސް ނެތް ބައަކާއިއެކު އެތައް މިލިއަން ރުފިޔާގެ މުޢާމަލާތުކުރުމުން ފެނަކަ އަށާއި ސްޓެލްކޯއަށް ވަނީ ބޮޑެތި އަދަދުތަކުން ގެއްލުންވެފައެވެ.
ބޭރުފައިސާގެ މުޢާމަލާތުކުރީ ހުއުްދަ ނެތް ފަރާތަކާއިއެކު ކަމަށްވާއިރު އެކަން ކުރަން ފާސްކުރި ބޯޑު މެންބަރުންނަށް ދައުލަތުން ދައުވާ ނުކުރުމަކީވެސް ވަރަށް ބޮޑެތި ސުވާލުތައް އުފެދޭ ކަމެއްކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ޤަޞްދުގައި ކޮށްފައި ހުރި ވައްކަންތައް ކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން ކުންފުނިތަކުގައި ހުންނަ ފައިސާއިން ވައްކަން ކުރުން ހުއްޓާލައިފިނަމަ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ އަގު މިހާރަށްވުރެ ހެޔޮ ކުރެވޭނެ ކަމަށެވެ.

ޝައިޚް ިލްޔާސްގެ ޓްވީޓް:

"ގުޅިފަވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިޞަލް ނަސީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އަދި ދިވެހި ޤައުމަށް އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ޚިދުމަތްކޮށްދެއްވުމަށްވެސް އެދެން."



މިއަދު އޮންލައިން