ބޮޑުތަނުން ރައީސް ޔާމީން ބަލިކުރާނަން- ބޭނުމީ ރައްޔިތުންގެ ހިއްވަރު: ފައިޞަލް ނަސީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބޮޑުތަނުން ރައީސް ޔާމީން ބަލިކުރާނަން- ބޭނުމީ ރައްޔިތުންގެ ހިއްވަރު: ފައިޞަލް ނަސީމް

ﷲ ތަޢާލާގެ ވާގިފުޅާއިއެކު ކުރިއަށް ދެން އޮތީ އުފާވެރި ފާގަތި ދުވަސްތަކެއް ކަމަށާއި މިފަހަރުގެ އިންތިޚާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލި ކުރައްވާނެ ކަމަށާއި އަދި މިކަމަށް ބޭނުންވަނީ ރައްޔިތުންގެ ހިއްވަރު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިޞަލް މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށާއި ރަނިންމޭޓަކަށް ހޮވިވަޑައިގަތުމުން ރައްޔިތުން ދެމުން ގެންދާ އެއްބާރުލުމާއި ތާއީދަށް ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ފޮނުއްވި މެސެޖުގައެވެ.

ފައިސަލްގެ މެސެޖުގައި ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރައްމުން ގެންދާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް ބައިވެރިވެ ހިއްވަރު ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފައިޞަލަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ އިތުރުން ރައްޔިތުންގެ ގިނަ ބައަކަށް އެމަނިކުފާނުގެ "ފައިޞަލް ފައުންޑޭޝަން"ގެ އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތެރިއެކެވެ. އެމަނިކުފާނު ޚިދުމަތްކުރައްވާ ކާށިދޫ ދާއިރާގެ ރައްޔިތުންނަށާއި ދާއިރާގެ ތަރައްޤީއަށް ބޮދެތި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބަލާއިރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތައް ދެއްވައިގެން އެންމެ ގިނަ ޚިދުމަތްތައް ކުރައްވާ މެންބަރަކީ ފައިޞަލް ނަސީމްކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން