"ޓާރގެޓް" ދޯނިން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ

ކިޔުމަށް ހޭދަވާނީ 55ސ
"ޓާރގެޓް" ދޯނިން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެނޭ
ފާނަ މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށް "ޓާރގެޓް" ނަމަކަށް ކިޔާ ދޯންޏަކުން އިއްޔެ ކަނޑަށް ވެއްޓުނު މީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ އެދޯނީގެ ފަޅުވެރިއެއް ފ. ބިލެތްދޫ އުތުރުގެ ޢަބްދުﷲ ނަސީރު (58އ.) އެވެ.

ނަސީރު ގެއްލިފައިވާ ކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ކޮށްފައިވަނީ އިއްޔެ މެންދުރުފަހު 12:39 ހާއިރު އެވެ. އޭނާ ގެއްލެން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ނަސީރު ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްތްގާޑުގެ ދައިވަރުންނާއި ވިލަމެންދޫ ރިސޯޓާއި ލިލީ ބީޗް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

ގެއްލިގެން ހޯދަމުންދާ ޢަބްދުﷲ ނަސީރުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް އާއި ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިން އެދިފައިވެއެވެ.
މިއަދު އޮންލައިން