މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން 459 ދަރިވަރުން ދަސްވެނިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 4ސ
 މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން 459 ދަރިވަރުން ދަސްވެނިވެއްޖެ
ރާއްޖޭއްގެ ހުނަރުވެރި މަސައްކަތްތެރިން ތަމްރީން ކުރެއްވުމަށާއި ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންޖެހިފައިވާ ތަމްރީނުތައް ދިނުމުގެގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން 459 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އިންސްޓްޓިއުޓުން ހިންގި 15 ކޯސް ނިންމި ދަރިވަރުންނަށް ވަނީ ސެޓްފިކެޓްއާއި އެވޯޑް ހަވާލުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނިފައިވާ ކޯސް ތަކަކީ، ސެޓްފިކެޓް ލެވެލް 3، އެޑްވާންސް ސެޓްފިކެޓް ލެވެލް އާއި ޑިޕްލޮމާ ލެވެލްގެ ކޯސްތަކެވެ.

އަދި އެ ރަސްމިއްޔާތުގައި، އެ އިންސްޓްޓިއުޓުން ހިންގި ކޯސްތަކުން އެ ކޯހެއްގެ އެންމެ ރަންގަޅު ނަތީޖާހާސިލް ކުރި ދަރިވަރުންނަށް އެކްސެލެންސް އެވޯޑް ބައްސަވާފައިވެއެވެ.

ހުނަރުވެރި މަސައްކަތް ތެރިން ތަމްރީންްކުރުމަށް މި ޖޫން މަހުގައިވެސް ވަނީ 18 ކޯހެއް ހިންގަން ފަށާފައެވެ. އޭގެ ތެރޭގައިހިމަނާފައި ވަނީ ވެލްޑިންއާއި، އައިޓީއާ، އާކިޓެކްޗާގެ އިތުރުން އިންޖީނާއި އައިސްއަލަމާރި ހެދުމާއި އަދި އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ ކޯސްތަކެވެ. އޭގެތެރޭގައި ހިމެނެނީ ހަ މަހާއި، 18 މަހާއި ދެ އަހަރު ދުހުގެ ކޯސްތަކެވެ.
މިއަދު އޮންލައިން