އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އިއުލާންކޮއްފި

ކިޔުމަށް ހޭދަވާނީ 32ސ
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އިއުލާންކޮއްފި
އިލެކްޝަންސްކޮމިޝަން (އީސީ) ގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައެވެ.

މިއަދު ރައީސް އޮފީހުން ނެރުނު އިއުލާންގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތުހުޅުވައިލެވިފައިވާ ކަމަށާއި އެފުރުސަތު ހުޅުވާލެވިފައި ވަނީ މިއަދުންފެށިގެން 19 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަޔަލަށް ކަމަށެވެ.

އީސީ ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ ކުރިން އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމުންނެވެ.

ޝަކީލް އިސްތިއުފާ ދެއްވުމާ އެކު އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައެވެ.


މިއަދު އޮންލައިން