ފުވައްމުލަކުން އިބޫއަށާ ފައިޞަލަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ފުވައްމުލަކުން އިބޫއަށާ ފައިޞަލަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި
ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިޞަލް ނަސީމް ފުވައްމުލަކަށް ވަޑައިގަތުމުން އިބޫއަށާއި ފައިޞަލަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

އިބޫ ވިދާޅުވީ މިއަދުވެސް ފެނިގެން މިދިއައީ ރައްޔިތުން ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ތިބި މިންވަރު ކަމަށެވެ. އަދި އަދުލު އިންސާފު ބޭނުންވެގެން ތިބި މިންވަރު ކަމަށެވެ.

ދެބޭފުޅުންނާއި ކޯލިޝަނުގެ ވަފުދަށް މަރުހަބާ ކިޔުމަށް އެއްވި މީހުން ވަނީ މުޅި ބަނދަރު ސަރަހައްދު ފުރާލައިފައެވެ.

ފުވައްމުލަކަށް ވަޑައިގަތުމަށްފަހު އިބޫ ވަނީ ކެންޕޭނު ޓީމްތަކާއި ބައްދަލުކުރައްވަން އެމްޑީޕީ ޖަގަހައަށް ވަޑައިގެންފައެވެ. ކޯލިޝަނުގެ ފަރާތުން މިރޭ ބޮޑު ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން