މިއަހަރުގެ ރިޔާސީ އިންތިޚާބު ގުޅިފައިވާ ކޯލިޝަނުން ކާމިޔާބުކުރުމަށްފަހު ރައްޔިތުން އެދިއެދި ތިބި ބަދަލު ގެނެސްދެއްވައި އެކަން ރައްޔިތުންނަށް ދައްކަވާނެ ކަމަށް ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފުވައްމުލަކަށް ވަޑައިގަތުމަށްފަހު ފައިޞަލް މިއަދު ވިދާޅުވީ މަރުހަބާ ދެންނެވުމަށް ގޮސް ތިބި މީހުންގެ އަދަދަށް ބެއްލެވުމުން ވެސް ފުވައްމުލަކުގެ 80 އިންސައްތަ ރައްޔިތުން ތިބީ ކޯލިޝަނާއިއެކުގައިކަން ވަރަށް ރަނގަޅަށް އެނގިވަދައިގެންފި ކަމަށެވެ.
ފައިޞަލް ވިދާޅުވީ މުޅި ރާއްޖެއަށް ބެލި ނަމަވެސް 80 އިންސައްތަ ރައްޔިތުން ތިބީ އިސްލާޙަށް އެދިގެން ކަމަށާއި ރައްޔިތުން ބޭނުންވެގެން ތިބި އިޞްލާޙް ކޯލިނުގެ ވެރިކަން ފެށުމާއިއެކު ގެނެސް ދެއްވާނެ ކަމަށެވެ.
"ފުވައްމުލަކަކީ އަޅުގަނޑުވެސް ނިޞްބަތްވާ ރަށް. މިރަށަށް ބޭނުންވާ ކަންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. އެހުރިހާ ކަންކަން އަޅުގަނޑުމެން ކޮށްދޭނަން. (މިހާރުހެން) ހޮސްޕިޓަލަށް ވަނުމަށްފަހު ޚިދުމަތް ނުލިބި މާޔޫސްވެގެން ނުކުންނާކަށް ނުޖެހޭނެ" ކަމަށްވެސް ފައިޞަލް ވިދާޅުވިއެވެ.