މަޖިލީހުގަ 60،000 ރައްޔިތުންގެ އަޑު އުފުލުން ހުއްޓުވާފަ އޮންނަތާ އަހަރުވީ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
މަޖިލީހުގަ 60،000 ރައްޔިތުންގެ އަޑު އުފުލުން ހުއްޓުވާފަ އޮންނަތާ އަހަރުވީ: ޤާސިމް
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މަޖިލީހަށް ވަނުން ހުއްޓުވާފައި އޮންނަތާ އަހަރު ދުވަސްވީ ކަމަށާއި އެހެންކަމުން މަޖިލީހުގައި ރާއްޖޭގެ 12 ދާއިރާގެ 60،000 ރައްޔިތުންގެ އަޑު އުފުލުން ހުއްޓުވާފަ އޮންނަތާ އަހަރުވީކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމް ވަނީ 12 މެންބަރުންނަށް ހުރަސް އެޅުން ހުއްޓައިލުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ގޮވާލައްވައިފައެވެ. އަދި ޑިމޮކްރަސީގެ ހަމަތަކުގެމަތިން ރައްޔިތުންގެ އަޑު އުފުލޭނެ ގޮތް ހަމަޖައްސައިދިނުމަށްވެސް ޤާސިމް އިބްރާހީމް ވަނީ ގޮވާލައްވައިފައެވެ.

ޤާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ 12 މެންބަރުންގެ ހައްޤުތައް ނިގުޅައިގެންފައިވަނީ ޤާނޫނުތަކާއި ޚިލާފަށް ކަމަށެވެ. އަދި އަހަރު ދުވަސް ވެގެން ދިއައިރުވެސް އެކަމަށް ގޮތެއް ކަނޑައަޅަންޖެހޭ ސްޕްރީމް ކޯޓުން 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅާފައި ނުވާ ކަމަށެވެ.

ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ވެސް ބަޔާންކޮށްފައިވަނީ 12 މެންބަރުންގެ ގޮނޑި ގެއްލިފައިނުވާ ކަމަށެވެ. އެހެންކަމުން 12 މެންބަރުންގެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށްވެސް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. އަމުރުގައި ހިމެނޭ އެ ބައަށް މިއަދާއި ހަމައަށްވެސް ސްޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނުވާކަން ފާހަގަކުރެވޭއިރު ސްޕްރީމް ކޯޓުން ވަނީ އަމުރުގެ އެބައި ފަސްކޮށްފައެވެ.

މިއަދު އޮންލައިން