ސަރުކާރުގެ އިސްފަރާތްތަކާ މެދު އީޔޫއިން ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައަޅަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 58ސ
ސަރުކާރުގެ އިސްފަރާތްތަކާ މެދު އީޔޫއިން ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައަޅަން ނިންމައިފި
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންޒާރުތަކަށް ރާއްޖޭ ސަރުކާރުން ބޯލަނބާފައި ނުވާތީ، ސަރުކާރުގެ އިސްފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މިހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހު ބާއްވާ، ވިލާތުގެ އިއްތިހާދުގެ ފޮރިން މިނިސްޓަރުންގެ ބައްދަކުވުމުގައި އެޖެންޑާ ކޮށްފިއެވެ.

ބްރަސެލްސްގައި ބާއްވާ އެބައްދަލުވުމުގެ އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައި ބުނެފައިވާ ގޮތުގައި މާދަމާ އޮންނާނީ ރާއްޖެއާއިމެދު ފިޔަވަޅު އެޅުމާއި އަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅުމެވެ.

އެގޮތުން ހޯމަ ދުވަހު (މާދަމާ) ކުރިއަށް ގެންދާނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ ޤާނޫނުގެ ހުކޫމަތު ނެގެހެއްޓުމަށް ހުރަސް އަޅާ، ސިޔާސީ ޙައްލެއް ހޯދަން ހުރަސް އަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ކަމަށް، އީޔޫގެ ޚަބަރުތައް ގެނެސްދޭ އެޖެންސް ޔޫރަޕިއަން އިން ބުނެފައިވެއެވެ.

ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ އީޔޫގެ ގާނޫނު ހަދާ މަޖިލީހުން ވަނީ މިދިޔަ މާރޗު މަހުގެ ތެރޭގައި ގަރާރެއް ފާސް ކޮށްފައެވެ. އަދި ރާއްޖެއާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫގެ ފޮރިން މިނިސްޓަރުންގެ ކައުންސިލުން ވެސް ވަނީ ކުރިން ދީފައެވެ.
މިއަދު އޮންލައިން