މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދަ އަރާފާނެ- މެޓް އޮފީސް

ކިޔުމަށް ހޭދަވާނީ 30ސ
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދަ އަރާފާނެ- މެޓް އޮފީސް
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައަރާފާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މިރޭ 19:26 ގައި ކަމަށާއި މެދުރާއްޖެތެރެއަށް 1:59 ގައި ދިޔަވަރު ބޮޑުވާއިރު ދެކުނުގެ އަތޮޅުތަކަށް ދަންވަރު 2:51 ގައި ދިޔަވަރު ބޮޑުވާނެ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެ އަތޮޅާއި ހއ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެޓް އޮފީހުން ވަނީ މިއަދު ފަތިހު ވައިޓް އެލާރޓް ވެސް ނެރިފައެވެ.
މިއަދު އޮންލައިން