ދ. އަތޮޅާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ދ. އަތޮޅާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި
ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމް ދ. އަތޮޅާއި އައްޑޫސިޓީގައި ފަށައިފިއެވެ.

ދ. އަތޮޅާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށް މިއަދުފެށި މިޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.


ޙަބަރު ޕޮލިސް
މިއަދު އޮންލައިން