12 މެންބަރުންގެ ފައިގާ "ޗޭނުޖެހިތާ" އަހަރުވީއިރު ޙުކުމެއް ނުނެރުނީމާ ދެން ބުނެވޭނީ ކީކޭ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
12 މެންބަރުންގެ ފައިގާ "ޗޭނުޖެހިތާ" އަހަރުވީއިރު ޙުކުމެއް ނުނެރުނީމާ ދެން ބުނެވޭނީ ކީކޭ؟
"ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ދެ ފައިގައި "ޗޭނުޖަހައި" މަޖިލީހަށް ނުވަދެވޭވަރަށް "ވާންކޮށް ބަނދެފައިވާތާ" އަހަރު ފުރުނުއިރުވެސް އެކަމަށް ގޮތެއް ނިންމަންޖެހޭ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ގޮތެއް ނިންމައި އަމުރެއް ނުނެރުނީމާ ދެން ބުނެވޭނީ ކީކޭހެއްޔެވެ؟" މިއީ ގިނަ ބައަކު މިއަދުކުރާ ސުވާލެވެ.

ރާއްޖޭގެ ކޯޓުތަކުން ކުރާ ކަންކަމަށް ފާޑުކިޔުމަކީ އަދަބުލިބޭ ކުށެކެވެ. އެހެންކަމުން މިކަމަށް ފާޑުކިޔުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.
ސަރުކާރުން ހުށަހަޅާ މައްސަލަތައް ހަފްތާއެއްގެ ތެރޭގައި ނިމިގެންދާތަންވެސް ފެނެއެވެ. އެހެންކަމުން ސްޕްރީމް ކޯޓަކީ މައްސަލަތައް ނިންމުމުގައި ފުރިހަމައަށް ޤާބިލްކަން ލިބިގެންވާ މުއައްސަސާއެއްކަން ޤަބޫލުކުރަންޖެހެއެވެ.

12 މެންބަރުންގެ ގޮނޑީގެ މައްސަލައަކީ ކިތަންމެހައިވެސް މުހިންމު މައްސަލައެކެވެ. 12 ދާއިރާގައި ތިބި 60،000 ރައްޔިތުންގެ ހައްޤުތަކާއި ގުޅިފައިވާ މުހިންމު މައްސަލައެކެވެ. ރާއްޖޭގެ އާބާދީއަށް ބަލައިފިނަމަ 18 އިންސައްތަ ރައްޔިތުންނާއި ގުޅިފައިވާ ބިޔަ މައްސަލައެކެވެ.

އެހެންކަމާއިއެކުވެސް މި މައްސަލައިގައި އެއްވެސް ބުރަދަނެއް އޮތްކަމަށް ސްޕްރީމް ކޯޓުން ޤަބޫލުކުރާ ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.

މައްސަލައިގެ ބުރަދަނާއިމެދު ސްޕްރީމް ކޯޓުން އަދި މިހައިތަނަށް ބަހެއް ބުނެފައިނުވި ނަމަވެސް ބުރަދަން ހުރި ކަމަށް ފެންނަ މައްސަލަތައް އެހެން މައްސަލަތަކަށްވުރެ މާބޮޑަށް އިސްކަންދީގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިންމަމުން ގެންދާތަން ދަނީ ފެންނަމުންނެވެ. އެގޮތަށް ޤަބޫލުކުރެވެނީ ބައެއް މައްސަލަތައް އަވަހަށް ނިންމަމުން ގެންދާތީއެވެ.
މިއަދު އޮންލައިން