މަސްތުވާތަކެތީގެ މައްސަލައެއްގައި ހޮޅުދޫން ދެމީހަކު ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 6ސ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހޮޅުދޫން ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކެގެތެރެއިން ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ހޮޅުދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު، އިންޓެލިޖެންސްއާއި ހޮޅުދޫ ޕޮލިސްޓޭޝަން ގުޅިގެން ޖުލައި 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެއްކަމަށެވެ.

މިދެމީހުންގެ ތެރެއިން 25 އަހަރުގެ މީހާ ބަލައިފާސްކުރި ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 555 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވާ ކަމަށާއި އަދި 30 އަހަރުގެ މީހާ ބަލައި ފާސްކުރިކުރިއިރު، މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ތިން ސެލޯފިންކޮޅު އެމީހާގެއަތުން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިދެމައްސަލައި ހައްޔަރުކޮށްފައިވާ ދެ ޒުވާނުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް އެކަކަށް ދީފައިވާއިރު އަނެއް މީހާއަށްވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެ މައްސަލަނ.ހޮޅުދޫ ޕޮލިސްޓޭޝަންއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން