މަގުމަތީގެ ހަރަކާތެއް ނުބާއްވާތާ ގިނަ ދުވަސްވެފައިވަނިކޮށް މިއަދު ހަވީރު މާލޭގެ ބައެއް މަގުތަކުގައި ހިނގާލުމެއް ބާއްވަން އެމްޑީPީން ނިންމައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ މިއަދު ހަވީރު 4:00 ގައި އެމްޑީޕީ އޮފީސް ކައިރިން ފަށާ މިހިނގާލުން ކުރިއަށް ގެންދަނީ މިނިވަން އިންތިޚާބެއް ބޭއްވުމަށާއި އަނިޔާވެރި ގޮތުގައި ހައްޔަރުކޮށްފައި ތިބި އެންމެން މިނިވަންކުރަން ގޮވާލައި ކަމަށެވެ.
އީޔޫ އިން މާދަމާ ރާއްޖޭގެ އިސް ބައެއް ބޭފުޅުންނަށް ފިޔަވަޅު އަޅަން ނިންމާފައިވާއިރު މިނިވަންކަމާއިއެކު އެއްވެ އުޅުމުގެ ހައްޤު ނުދިނުމާއި ސިޔާސީ ބޭނުންތަކަށް ގިނަ ބައަކު ހައްޔަރުކޮށްފައިވާ މައްސަލައަކީވެސް އީޔޫ އިން ކުށްވެރިކުރާ ކަންކަމެވެ.
ސަރުކާރުން ބުނަމުން ގެންދަނީ އަލިމަސް ކާނިވާ ނޫން އެއްވެސް ތަނެއްގައި މީހުން އެއްވެގެން ހިންގާ ސިޔާސީީ އެއްވެސް ޙަރަކާތެއް ނުހިންގޭނެ ކަމަށެވެ.