އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަކުއްޖަކު ހައްޔަރު ކޮއްފި

ކިޔުމަށް ހޭދަވާނީ 51ސ
އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކުޑަކުއްޖަކު ހައްޔަރު ކޮއްފި
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އެތެރެކުރަން އުނުޅު އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ފަލުހުން ހައްޔަރު ކޮއްފިއެވެ.

ފުލުހުން ބުނެފައިވަނީ އައްސޭރި ޖަލުގައި އެފަދަ އެއްޗެއް އެތެރެކުރުމުގެ މައުލޫމާތުފުލުހުންގެ އިންޓެލިޖެންސްސަށް ލިބިފައިވުމުން ހިންމަފުށީ ޕޮލިސް ސްޓޭޝަނުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޖުލައި 11 ވަނަ ދުވަހުގެ 16:40 ހާއިރު ހިންގި އޮޕަރޭޝަންގައި، އައްސޭރި ޖަލު ސަރަހައްދުތެރެއިން އުމުރުން 18 އަހަރުގެ މިކުއްޖާ ވަނީ ފުލުހުން ގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާފާސް ކޮއްފައިކަމަށެވެ.

ބަލާފާސް ކުރިކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމައް ޝައްކުކުރެވޭ ތަކެތި އަޅާފައިވާ 6 ރަބަރު ޕެކެޓާއި އަދި ސެލޯފިން ކޮޅަކާއި، ދެ ފޯނާއި، މެެމޮރީ ކާޑަކާއި ޕެންޑްރައިވެއް އެކުއްޖާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން ފެނިފައިވާކަމަށް ވެސް ފުލުހުން ބުއެވެ.

ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަދު އޮންލައިން