ޕީޕީއެމްގެ ޖަގަހައެއް އުކުޅަހުގައި ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 31ސ
ޕީޕީއެމްގެ ޖަގަހައެއް އުކުޅަހުގައި ހުޅުވައިފި
ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައެއް މަދުބަޔަކާއެކު މިއަދު އުކުޅަހުގައި ހުޅުވައިފިއެވެ.

އުކުޅަހުގައި ޕީޕީއެމް ގެ ކެމްޕޭނު ޖަގަހައެއް ހުޅުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެތަނަށް ވަޑައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސާ މަނިކާއި އިބްރާހިމް ދީދީ އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއެކު އުކުޅަހަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުޙަބާ ދަންނަވާފައިވަނީ 20 ވަރަކަށް މީހުންނެވެ.

އެނގިފައިވާ ގޮތުގަައި އެބޭފުޅުންނަށް މަރުހަބާ ދަންނަވަން ވަޑައިގެންނެވީ ސްޓެލްކޯ ފަދަ ބައެއް ތަންތަނުގެ މުވައްޒަފުންނެވެ.
މިއަދު އޮންލައިން