ގެއަށް ވަންނާނީ ހައްޤުތައް ހޯދާފަ: އެވިލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ގެއަށް ވަންނާނީ ހައްޤުތައް ހޯދާފަ: އެވިލާ
ސަބަބުތައް ކުރިމަތިވުމުން ޙަރަކާތްތައް މެދުކެނޑިދާނެ ކަމަށާއި ނަމަވެސް ރައްޔިތުން ގެއަށް ވަންނާނީ ގެއްލިފައިވާ ހައްޤުތައް ރައްޔިތުން ހޯދުމަށްފަހުގައި ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ކުރިއަށް ގެންދަން މަސައްކަތްކުރި ހިނގާލުމުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ޙަސަން ވިދާޅުވީ ރައްޔިތުން ބޭނުންވަނީ މިނިވަން އިންތިޚާބެއް ކަމަށާއި އަދި ވައްކަމާއި އަނިޔާވެރިކަން ޤައުމުން ފޮހެލަން ކަމަށެވެ.

ރައްޔިތުން ބޭނުންވާ މަޤްޞަދުތައް ޙާޞިލުކުރެވެންދެން ރައްޔިތުން ތިބޭނީ މަގުމަތީގައި ކަމަށާއި ރައްޔިތުން ތިބީ ސަރުކާރުން ދައްކާ ބިރުތަކަށް ފަސްޖެހި ބިރުން ފިލަން ނޫން ކަމަށްވެސް އިބްރާހީމް ޙަސަން ވިދާޅުވިއެވެ.
މިއަދު އޮންލައިން