އީޔޫ އިން އަޅާ ފިޔަވަޅެއް އަޅާނީ ބައަކު ދޭ މައުލޫމާތަކަށް ނޫން - ލޮލަށް ފެންނަ ކަންކަމަށް: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އީޔޫ އިން އަޅާ ފިޔަވަޅެއް އަޅާނީ ބައަކު ދޭ މައުލޫމާތަކަށް ނޫން - ލޮލަށް ފެންނަ ކަންކަމަށް: ޑރ. ޙުސައިން
އީޔޫ އިން ނުވަތަ އެނޫންވެސް ފަރާތަކުން ރާއްޖެ އާއިމެދު އަޅާ ފިޔަވަޅެއް އަޅާނީ ބައަކު ދޭ މައުލޫމާތަކަށް ބަލައިގެން ނޫން ކަމަށާއި ރާއްޖެއިން އެންމެންގެ ލޮލަށް ފެންނަ ކަންކަމަށް ބަލައިގެން ކަމަށް ޖޭޕީގެ އިސް ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ހަވީރު ކުރިއަށް ގެންދިއަ ހިނގާލުމުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ޑރ. ޙުސައިން ވިދާޅުވީ ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމާއިއެކު އެއްވެ އުޅުމުގެ ޙައްޤުގެ ބޭނުންކުރަން ރައްޔިތުން ނުކުތުމުން ސަރުކާރުން އަމަލުކުރާ ގޮތް މިއަދުވެސް މިއޮތީ ފެންނަން ކަމަށެވެ.

"ވެހިކަލްތައް ނެރެ ފުލުހުން ނުކުމެ މިތިބީ ރައްޔިތުން ހިފާ ހައްޔަރުކުރަން. ހިނގަން ފަށާއިރަށް ބިޑިއަޅުވައި އެމީހަކު ހައްޔަރުކުރަން. ދެން ކިހިނެއްތޯ ރަށްރަށުގައި ކެންޕޭނުކުރުމުގެ ހައްޤު މިނިވަންކަމާއިއެކު ލިބޭނެ ކަމަށް ޤަބޫލުކުރާނީ؟ ކެންޕޭނުކުރީމާ ހިފާ ހައްޔަރުކޮށް ބޮޑެތި ދައުވާތައް ނުކުރާނެކަން ޔަޤީންކުރާނީ؟"

ޑރ. ޙުސައިން ވިދާޅުވީ ރާއްޖެއަކީވެސް އދ ގެ މެންބަރު ޤައުމެއް ކަމަށާއި އދ ގެ މެނބަރު ޤައުމަކަށްވުމުން ރައްޔިތުންނަށް ދިނުން ލާޒިމްކުރާ ޙައްޤުތަކެއް އދ ގެ ޤަރާރުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ހައްޤުތައް ލިބި ނުދޭނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެކި ފަރާތްތަކުން އަޅަމުން ގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން