4 ލީޑަރުން ބަންދުގަ ބައިތިއްބަން ޖެހޭ އެއްވެސް ސަބަބެއް ނެތް- ނޮވެމްބަރު 17 ގަ މިނިވަންވާނެ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
4 ލީޑަރުން ބަންދުގަ ބައިތިއްބަން ޖެހޭ އެއްވެސް ސަބަބެއް ނެތް- ނޮވެމްބަރު 17 ގަ މިނިވަންވާނެ: އިބޫ
އިދިކޮޅު 4 ލީދަރުން ބަންދުގައި ބައިތިއްބަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި މާތް ﷲ ވާގިފުޅާއިއެކު އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު 4 ލީޑަރުންވެސް މިނިވަންވެވަޑައިގަންނަވާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑީޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވައި ދެއްވުމަށްފަހު އިބޫ ވިދާޅުވީ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް އަށާއި ރައީސް ނަޝީދަށް ރާއްޖެވަޑައި ނުގެންނެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ހަމައެފަދައިން ރައީސް މައުމޫން އާއި ޝައިޚް އިމްރާން ޢަބްދު ﷲ އަށް ޖަލުބަންދުގައި ތިއްބަވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއްވެސް ނެތް ކަމަށެވެ.

އިބޫ ވިދާޅުވީ ކޯލިޝަނުގެ 4 ލީޑަރުންނަކީ ކުށްވެރިންނޫން ކަމަށެވެ. އަދި އެބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތް ނުވުމާއި ކެންޕޭނު ކުރެއްވޭނެ ގޮތެއްވެސް ނެތުމަކީ އިންތިޚާބަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

އިދިކޮޅު 4 ލީޑަރުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތައް ހިންގާފައިވަނީ ޤާނޫނީ އިމުން ބޭރުންކަން ފާހަގަކޮށް އދ އާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ވެސް ގެންދަނީ އެބޭފުޅުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.
މިއަދު އޮންލައިން