ޓަނުން މަސްތުވާތަކެތި އެތެރެކުރާ މީހާއަށްވުރެ އިސްލާމް ދީނަށް އަމަލުކުރާ މީހުންނަށް ދޭ އަނިޔާ ބޮޑު: ޝައިޚް އާދަމް ޝަމީމް
މާތްﷲ ޙަރާމް ކުރައްވަވާފައިވާ މަސްޓުވާ ތަކެތި، ޓަނު ޓަނުން ޤައުމަށް އެތެރެކުރާ މީހުންނަށްވުރެ ބޮޑު އަދަބު އިސްލާމް ދީނަށް އަމަލުކުރާ މީހުންނަށް މުސްލިމް ޤައުމުތަކުގައި ދެމުން ގެންދާ ކަަމަށް އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝައިޚް އާދަމް ޝަމީމް ވިދާޅުވީ ޓަނު ޓަނުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށްވުރެ ގިނަ ދުވަހު ދީނަށް އަމަލުކުރާ މީހުން ޖަލުގައި ބައިތިއްބަމުން ގެންދާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑަށް ކަންބޮުވާންޖެހޭ ކަމެއް ކަމަށެވެ.
ޝައިޚް އާދަމް ޝަމީމް ވިދާޅުވީ އެފަދަ އަދަބުތައް އިސްލާމް ދީނަށް އަމަލުކުރާ މީހުންނަށް ދެމުން ގެންދަނީ ސާބިތުކަމާއިއެކު އިސްލާމް ދީނުގައި ހިފަހައްޓައި އަމަލުކުރާތީ ކަމަށެވެ. އެމީހުން ތިބޭ ސިފައަށް ބަލައި އެއީ ނުރައްކައުތެރި ސިފައެއް ކަމަށް ދެކެގެން ކަމަށެވެ. އިސްލާމް ދީނުގެ ހައްޤުގައި ޙައްޤު ބަސް ބުނެ ސާބިތުކަމާއިއެކު ދެމިތިބޭތީ ކަމަށެވެ.
މަޒުހަބީ ތަފާތުވުމަކީ ކުށެއް ކަމަށް ބަލައިގެން އިސްލާމީ މުޖުތަމައުތަކުގައި ކަންކަން ކުރަމުން ގެންދާކަންވެސް އާދަމް ޝަމީމް ވަނީ ފާހަގަކުރައްވައިފައެވެ. އާދަމް ޝަމީމް ވަނީ ަޒުހަބީ ތަފާތުތަކުގެ ސަބަބުން ފިތުނައަކަށް ފުރުޞަތު ނުދީ ﷲ ތަޢާލާއަށް ބިރުވެތިވެ އިސްލާމް ދީނަށް އަމަލުކުރާ އެންމެން ވެސް ބަލައިގަތުމުގެ މުހިންމުކަން ފާހަަގކުރައްވައިފައެވެ.