މިއީ އިންޑިއާގައި އެންމެ މަޝްހޫރުކަމާއިއެކު ސޯޝަލް މީޑިއާގައި ދަުއުރުކުރި އެއް ފޮޓޯއެވެ. ކަޝްމީރުގައި ހަނގުރާމަކުރަނިކޮށް މަރުވި އިންޑިއާ ސިފައިންގެ އޮފިސަރެއްގެ ސަންދޯއް ގެންދިއައިރު ސަންދޯއް މަތީގައި ބައިންދާފައި އެވަނީ އޮފިސަރުގެ 5 މަހުގެ ތުއްތު ދަރިފުޅެވެ.
މިފަދަ ފޮޓޯއެއް ދައުރުކުރުވުމުގެ ބޭނުމެއް ކަމަށް ބެލެވެނީ ކަޝްމީރުގައި ސިފައިން މަރުވަމުންދާކަން ސަމާލުކަމަށް ގެނައުމެވެ.
ފޮޓޯ އާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ މިއީ މާމޮޅު ފޮޓޯއެއް ނޫން ކަމަށާއި އިށީނދެގެން މިއިނދެވެނީ ބައްޕަގެ ސަންދޯއްމަތީގައިކަން އެ ކުއްޖާއަށް އެނގޭނަމަ ނުއިންނާނެ ކަމަށެވެ. އަދި އެކަންކުރިކަން އެނގޭ ދުވަހު އެކަންކުރި ބައަކާއި ދައުވާކުރާނެ ކަމަށެވެ.