5 މީހުންގެ ގޭންގަކުން 2 ދަރިންގެ މަންމައަކު ރޭޕްކުރުމަށްފަހު އަންދާލައިފި
5 މީހުންގެ ގޭންގަކުން 2 ދަރިންގެ މަންމައަކު ރޭޕްކުރުމަށްފަހު ދިރިހުއްޓާ އަންދާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 35 އަހަރުގެ އަންހެން މީހާ ނިދަން އޮއްވައި 5 މީހުން އެގެއަށް ވަދެ ރޭޕް ކުރުމަށްފަހު ފުރަތަމަ ނުކުމެގެންިދައީއެވެ. އެއިގެ ކުޑައިރުކޮޅެއްފަހުން އައިސް އަންހެން މީހާ ގެއިން ނެރެގެން ކައިރީގައި ހުރި ފައްޅިއަކަށް ގެންގޮސް ގައިގާ ރޯކޮށް އަންދައިލީއެވެ.
ރޭޕްކޮށްފައި ދިއުމުން އަންހެން މީހާ ފުލުހުންނަށް ގުޅިއެވެ. ނަމަވެސް ފޯނު ނުނަގާތީ އޭނާގެ ބޭބެއަށްވެސް މެސެޖުކުރިއެވެ. ބޭބެއަށް މެސެޖު ފެނިގެން އާދެވުނު އިރު ހުރިހާ ކަމެއް ވަނީ ހިނގައި ނިމިފައެވެ.
ފުލުހުން ބުނީ އެކަން ކުރި 5 މީހުން ފާހަގަކުރެވޭ ކަމަށާއި އެމީހުން ހޯދަން މަސައްކަތްކުރާ ކަމަށެވެ. އަވަށްޓެރިން ބުނީ އެކަންކުރި މީހުން އައީ އަންހެން މީހާއަށް ބިރު ދައްކަމުން ކަމަށާއި ނަމަވެސް އެހައި އަނިޔާވެރި އަމަލެއް ކޮށްފާނެ ކަމަށް ކުރިން ޤަބޫލު ނުކުރެވޭ ކަމަށެވެ.