ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީނުކުރަން ޕްރޮގްރާމެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
ކުންފުނިތަކުގެ ޑިރެކްޓަރުން ތަމްރީނުކުރަން ޕްރޮގްރާމެއް ފަށައިފި

ސީއެމްޑީއޭ އާއި ވިމަންސް އޮން ބޯޑް ގުޅިގެން ކުންފުނިތަކުގެ ޑރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މާގިރި ހޮޓަލުގައި މިއަދު ހެނދުނު ފެށި ޕްރޮގްރާމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން 35 ޑިރެކްތަރުން ބައިވެރިވެއެވެ.
ވިމަންސް އޮން ބޯޑުން ބުނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ސަރުކާރާއި އަމިއްލަ ކުނފުނިތަކުގެ ބޯޑުތަކުގައި ތިބޭ ޑިރެކްޓަރުންނަކީ ތަމްރީނު ލިބިފައިވާ ޤާބިލު ބައަކަށް ހެދުން ކަމަށެވެ.
މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ކޯޕޮރޭޓް ގަވަރނަންސް، ޓެކްސޭޝަން، ވިޔަފާރި އަދި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަން ފަދަ މުހިންމު ދާއިރާތައް ހމެނެއެވެ.
މިއަދު އޮންލައިން