އައްޑޫއަށާ ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެވަޑައިގަންނަވަނީ
ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ކުރެއްވި ކެންޕޭން ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިހާރު ގެންދަވަނީ މާލެއަށް ދަތުރުކުރައްވަމުންނެވެ.
އިބުގެ މިދަތުރުުފުޅުގައި ރަނިންމޭޓް ފައިސަލް ނަސީމްވެސް ައިވެރިވެވަދައިގެންނެވިއެވެ. ދެބޭފުޅުން އެކުގައި ވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ރައްޔިތުންނާއި ބައްދަލުކުރައްވައި ކެންޕޭނު ޙަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.
ރައްޔިތުންގެ ކިބައިން ފެނިފައިވާ މަންޒަރުތަކަށްބަލާއިރު ދެ ސިޓީގެ ރައްޔިތުންގެ 80 އިންސައްތައަށްވުރެ ގިނަ ބައަކު އަދިވެސް ތިބީ ކުރިއެކޭ އެއްފަދައިން ކޯލިޝަނަށް ތާއީދުކޮށްގެންނެވެ. އެހެންކަމުން މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ސަރަހައްދުން ގުޅިފައިވާ ކޯލިޝަނަށް ބޮޑު ކާމިޔާބީއެއް ހޯދޭނެއެވެ.
އެމްޑީޕީއަށް ނިޞްބަތްވާ 5 މެންބަރުން ތިބި އައްޑީ ސިޓީ ކައުންސިލް ހިންގާ އިދާރާ ހުސްކޮށް ސަރުކާރާ އިމާރާތް ހަވާލުކުރަން މިހާރު ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މިއެންގުމާއި ގުޅިގެން ސިޓީ ކައުންސިލް ހިންގުން ބަދަލުކުރާނީ ކޮން ތަނަކަށްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.