އީސީން ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން މިހާރުވެސް ފަށާފައިވާކަމަށް މަޚްލޫފް ތުހުމަތު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އީސީން ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން މިހާރުވެސް ފަށާފައިވާކަމަށް މަޚްލޫފް ތުހުމަތު ކުރައްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން މިހާރުވެސް ފަށާފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ތުހުމަތު ކުރައްވައިފިއެވެ.

މަަޚްލޫފް ވިދާޅުވީ މީގެ ކުރީގެ އިންތިޚާބުތަކުގައި 50 މީހުން ހަމަވި ނަމަވެސް ރިޒޯޓުތަކުގައި ވޯޓުފޮށި ބެހެއްޓި ކަމަށާއި މިފަހަރު 250 މީހުން ހަމަވާ ރިޒޯޓުތަކުގައި އެކަނި ބަހައްޓަން ނިންމީ އިންތިޚާބަށް ނުފޫޒުފޯރުވަން ކަމަށެވެ.

ގުޅިފައިވާ ކޯލިޝަނުން މިހާރުވެސް ބުނަމުން ގެންދަނީ އިންިޚާބަށް ނުފޫޒު ފޯރުވަން ކުރެވެންހުރި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރާނެ ކަމަށާއި މިނިވަން އިންތިޚާބެއް ބޭއްވޭނީ އީސީގެ މެންބަރުން ބަދަލުކޮށްގެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ ހުރިހާ ކަމެއްވެސް ކުރާނީ ޤާނޫނާއެއްގޮތަށް ކަމަށެވެ. ސަރުކާރުން ގެންދަނީ ސަރުކާރުން ބޭނުންވާހައި ބަދަލެއް ޤާނޫނުތކަށް ގެންނަމުންނެވެ.

މިއަދު އޮންލައިން