އީޔޫގެ ޕޮލިސީ ލެވެލްގެ ކަންކަން ނިންމާ ފޮރިން މިނިސްޓަރުން ހިމެނޭ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ، އިސްލާޙު ކުރަން އެންގި ކަންކަން އިސްލާޙު ނުކޮށްފިނަމަ ރާއްޖޭގެ ބައެއް އިސްފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ. އެގޮތުން ފިޔަވަޅު އަޅަން ނިންމާފައިވާ ފަރާތްތަކަށް ދަތުރުނުކުރެވޭ ގޮތަށް ހެދުމަށާއި އެމީހުންގެ މުދާ ހިފެހެއްޓުމަށް އެކައުންސިލުން ނިންމާފައިވެއެވެ. އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ގޮތުގެ ގައިޑްލައިނެއް ވެސް މިއަދުގެ ބައްދަލުވުމުގައި ފާސް ކޮށްފައިވެއެވެ.
އީޔޫ އިން ފިޔަވަޅު އަޅަން ފްރޭމްވޯކެއް އެކުލަވާލާފައިވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަނެ ޤާނޫނީ ހުކޫމަތު ހިންގަން ހުރަސް އަޅާ، ހުރިހާ ފަރާތްތައް ބައިވެރިވާ ސިޔާސީ ޙައްލެއް ހޯދަން ދެކޮޅު ހަދާ ފަރާތްތަކާ މެދުއެވެ.
އީޔޫއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ހާލަތު ބަދަލު ނުވެއްޖެނަމަ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކާއި އިދާރާތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށެވެ.