ރާއްޖެއާމެދު އީޔޫއިން ފިޔަވަޅު ނޭޅީ ސަރުކާރުން ކުރި މަސައްކަތުން- ޑރ.ޝައިނީ

ކިޔުމަށް ހޭދަވާނީ 42ސ
ރާއްޖެއާމެދު އީޔޫއިން ފިޔަވަޅު ނޭޅީ ސަރުކާރުން ކުރި މަސައްކަތުން- ޑރ.ޝައިނީ
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ވަޒީރުންގެ މަޖިލީހުން މިއަދު ރާއްޖެއާއިމެދު ފިޔަވަޅު ނޭޅީ ދިވެހި ސަރުކާރުން ކުރި މަސައްކަތުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޑރ. ޝައިނީ ވިދާޅުވެފައިވަނީ ރާއްޖެއާއިމެދު އީޔޫއިން ފިޔަވަޅު އަޅަން އުޅުނީ އިދިކޮޅު ފަރާތްތަކުން އީޔޫގެ ޤައުމުތަކަށް ދީފައި ހުރި ގޯސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ނަމަވެސް އެކަންކަން މިހާރު އޮޅުން ފިލުވާދެވިފައިވާ ކަމަށެވެ.

ސަރުކާރުގެ އިސްބޭފުޅުންގެ އިތުރުން އިދިކޮޅުން ވެސް ލަފާކޮށްގެން ތިބީ މިއަދު ބޭއްވި ކައުންސިލުގައި ރާއްޖޭގެ ބައެއް އިސްވެރިންނާމެދު ފިޔަވަޅު އަޅައި އެބޭފުޅުންގެ ނަންތައް އީޔޫއިން އާންމު ކުރާނެ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ރާއްޖޭގެ އިސްވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން މިއަދު ފާސްކުރީ އޮނިގަނޑެކެވެ.
މިއަދު އޮންލައިން