ސ. ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދައި ދެމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ޖުލައި 15 ވަނަ ދުވަހު ހުޅުމީދޫ ފިޝާރީޒް ކޮމްޕްލުކްސްއިން އެރަށު ޕޮލިސްޓޭޝަނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަ ތަހުގިގުކޮށް ހިންގިއޮޕަރޭޝަންގައި، 22 އަހަރުގެ މީހަކާ 32 އަހަރުގެ މީހެއްވަނީ ހައްޔަރު ކުރެވިފައިވާކަމަށެވެ.
މި ކޮމްޕްލެކްސްއިން އެދެމީހުން ވަގަށްނަގާފައިވާ ސިލިކޯން ޓިއުބް ފޮށި ހޯދުމަށްފަހު އޭގެ ވެރިފަރާތާ ފުލުހުން ވަނީ އަނބުރާހަވާލުކޮއްފައެވެ.
މި ވައްކަމުގެ މައްސަލައިގައި ހައްޔަރު ކުރެވުނު ދެމީހުންގެ ބަންދާއިމްދު ގޮތެއް ނިންމުމަށް ސ.ހޮޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެޔާޒުން މިންމަވާ ތަނެއްގައި ބަންދުކުރެއްވުމަށް 15 ދުވަހުގެ މުއްދަތުދީފައެވެ.
ސ. ހުޅުމީދޫ ޕޮލިސްޓޭޝަން އިން ދަނީ މިމައްސަލަ އިތުރައް ތަހުގީގު ކުރަމުންނެވެ.