ފާނަ މަސްވެރިކަން ކުރަން އުޅެނިކޮށް "ޓާގެޓް" ނަަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް ވެއްޓި ގެއްލުނު ފ. ބިލެތްދޫ އުތުރުގޭ ޢަބްދުﷲ ނަސީރު (58އ.) ވައިގެ މަގުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ނަސީރު ހޯދުމަށް ވައިގެ މަގުން ބޭނުން ކުރަމުންދަނީ އެއާރ ޓެކްސީ އެވެ.
މީގެއިތުރުން ކަނޑުގެ އޮއިވަރަށް ބަލައިގެން އެސަރަޙައްދުގެ އޮއެވަރަސް ބަލައިގެން ކަނޑުގެ ސަރފެސް ބެލުމާއި ފީނައިގެން ވެސް އެސަރަޙައްދު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފް އާއި ސީޖީ އަދި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި މިއޮޕަރޭޝަން ކުރިއަށް ގެއްދާ ކަމަށާއި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.